ENGLISH

07 އޭޕްރީލު 2025

Advertisement

އެމްބާޕޭ އެނބުރި ފްރާންސް ސްކޮޑަށް

13 މާރިޗު 2025

|

މުޙައްމަދު އަދުހަމް

ފްރާންސްގެ ކެޕްޓަން، އެމްބާޕޭ. --ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނުނު ރެއާލް މެޑްރިޑްގެ ފޯވާޑް، ކީލިއަން އެމްބާޕޭ އަލުން ސްކޮޑުގައި ހިމަނައިފިއެވެ.

އުމުރުން 26 އަހަރުގެ އެމްބާޕޭ އަށް އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހު ކުޅުނު މެޗުތަކުގައި ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ވަނީ ފުރުޞަތު ދޭން ދެކޮޅު ހަދައިފައެވެ.

އޭރު ކޯޗު ޑެޝޯމްޕްސް ބުނީ، އެމްބާޕޭގެ ފިޓްނަސް ލެވެލް ހުރި ގޮތުން ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.

އެކަމަކު، އޭރު އެމްބާޕޭ ވަނީ ފިޓްނަސް މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށާއި، ޓީމުގައި ނުހިމެނީ ކޮންމެވެސް އެހެން ސަބަބަކާ ހުރެ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ކޯޗު ޑެޝޯމްޕްސް ވަނީ، ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުން އެމްބާޕޭ އަށް ފުރުޞަތުދީފައެވެ.

މީގެއިތުރުން، ކުރިއެކޭ އެއްގޮތަށް ފްރާންސްގެ ކެޕްޓަން ބޭންޑް ވެސް އެމްބާޕޭ އަތުން ނުނަގާނެ އެވެ.

މި ފަހަރުގެ ފްރާންސް ސްކޮޑުން މުޅިން އަލަށް ނެގި ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީގެ ވިންގް، ޑެޒައިރީ ޑުއޭ ހިމެނެއެވެ.

ފްރާންސްގެ ސްކޮޑު: 

ގޯލްކީޕަރުން: މައިކް މައިގްނޯން (އޭސީ މިލާން)، ބްރައިސް ސަމްބާ (ލޯންސް)، ލޫކަސް ޝެވަލިއާ (ލިއްލެ)

ޑިފެންޑަރުން: ލޫކަސް ޑީނިއޭ (އެސްޓަން ވިލާ)، ތެއޯ ހެނާންޑޭޒް (އޭސީ މިލާން)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް)، ވިލިއަމް ސަލީބާ (އާސެނަލް)، ޑަޔޮޓް އުޕަމެކާނޯ (ބަޔާން މިއުނިކް)، ޖޮނަތަން ކްލައުސް (ނީސް)، ބެންޖަމިން ޕަވާޑް (އިންޓަރ މިލާން)، ޖޫލްސް ކޫންޑޭ (ބާސެލޯނާ)

މިޑްފީލްޑަރުން: އައުރެލިން ޗުއަމެނީ އާއި އެޑުއާޑޯ ކަމަވިންގާ (ރެއާލް މެޑްރިޑް)، މަޓެއޯ ގެންޑޫޒީ (ލާޒިއޯ)، އެޑްރިއެން ރަބިއޯ (އޮލިމްޕިކް މާސޭ)، ވަރެން ޒަޔަރް-އެމެރީ (ޕީއެސްޖީ)، މާނޫ ކޯނޭ (ރޯމާ)

ފޯވާޑުން: މާކަސް ތުރާމް (އިންޓަރ މިލާން)، ބްރެޑްލީ ބާކޯލާ، ޑެޒައިރީ ޑުއޭ، އޮސްމާނޭ ޑެމްބެލޭ (ޕީއެސްޖީ)، ރެންޑަލް ކޯލޯ މުއާނީ (ޔުވެންޓަސް)، ކީލިއަން އެމްބާޕޭ (ރެއާލް މެޑްރިޑް)، މައިކަލް އޮލީސޭ (ބަޔާން މިއުނިކް).

ކިޔުންތެރިންގެ ހިޔާލު