ENGLISH
07 އޭޕްރީލު 2025
ރަޔޯ ވަޔެކާނޯ ބަލިކޮށް، ރެއާލް ދެވަނަ އަށް
10 މާރިޗު 2025
|
ރެއާލަށް ލަނޑުޖަހައިދިނުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ 1-2 އިން ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ރެއާލް ދެވަނައިގައި އޮތީ 27 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކުރީގައި އުޅޭ ބާސެލޯނާ އަށް ވެސް އެއް މެޗު މަދުން ކުޅެގެން މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ހަތަރު މިނެޓުގެ ތެރޭގައި އެ ޓީމު ވަނީ ދެ ލަނޑު ޖަހައިފައެވެ. ރެއާލަށް މި ދެ ލަނޑު ޖަހައިދިނީ ކީލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރަޔޯގެ ހަމައެކަނި ލަނޑު ޖެހީ ޕެޑްރޯ ޑިއާޒް އެވެ.
މި މެޗުން ބަލިވި ރަޔޯ އޮތީ ތާވަލްގެ 8 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ގެޓަފޭގެ ދަނޑުގައި އެ ޓީމު އަތުން އެތުލެޓިކޯ ބަލިވީ 1-2 އިންނެވެ.