ENGLISH
07 އޭޕްރީލު 2025
ޕެނަލްޓީގައި ޔުވެންޓަސް ބަލިކޮށް، އެމްޕޯލީ ސެމީ އަށް
27 ފެބްރުއަރީ 2025
|
މެޗަށްފަހު އެމްޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ކަޕްގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން، ޔުވެންޓަސް ބަލިކޮށް، އެމްޕޯލީ އިން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ އެ ޓީމު މުބާރާތުގެ ތާރީޚުގައި ވެސް ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެމްޕޯލީ އެންމެ ފަހުން މުބާރާތުގެ ކުއާޓާގައި ވާދަކޮށްފައި ވަނީ ވެސް 2006/07 ވަނަ އަހަރު އެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލީޑު ނެގީ ވެސް އެމްޕޯލީންނެވެ. ފުރަތަމަ ހާފުގައި އެމްޕޯލީ އަށް މި ލަނޑު ޖަހައިދިނީ މޮރޮކޯގެ މިޑްފީލްޑަރު، ޔޫސެފް މަލެހް އެވެ.
ދެވަނަ ހާފުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ހެފްރެން ތުރާމް-އުލިއެން އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި އެމްޕޯލީން ވަނީ 4-2 އިން ޔުވެންޓަސް ބަލިކޮށްފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އެމްޕޯލީން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޔުވެންޓަސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެ ޓީމުގެ ސާބިއާ ފޯވާޑް، ޑޫސަން ވްލާހޮވިޗް އަތުން ވަނީ ޕެނަލްޓީ ބޭކާރުވެފައެވެ.
މުބާރާތުގެ ސެމީގައި އެމްޕޯލީ ނުކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ދެ ލެގުގެ މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހު އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ އިންޓަރ މިލާނާއި އޭސީ މިލާނެވެ.