ENGLISH

26 ނޮވެމްބަރު 2024

ހެލްތު އެކްސްޕޯ 2024: ސިއްޙަތު ރައްކާތެރިކުރުމަށް އާންމުންނަށް ބޮޑު ހޭލުންތެރިކަމެއް

08 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ހެލްތު އެކްސްޕޯ 2024


ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހެލްތު އެކްސްޕޯ 2024 ގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، ސިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިވެއްޖެއެވެ. މި އެކްސްޕޯގައި ޚާއްޞަކޮށް ބެލެނިވެރިންނާއި ކުޑަކުދިން ގިނަ އަދަދަކަށް ބައިވެރިވިއެވެ.

އެކްސްޕޯގައި ބެހެއްޓި ގިނަ ސްޓޯލްތަކުގެ ތެރޭގައި ކުއްލި ފަރުވާ ދިނުމާއި، މަދިރިއާ ގުޅޭ މަޢުލޫމާތު އަދި އެހެނިހެން ބަލިތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. އަދި މައިކްރޯސްކޯޕުން ޖަރާސީމު ބެލުމުގެ ފުރުޞަތާއި، ހަލާކުވާ ތަންތަނުގައި ބޭސް އަޅާނެ ގޮތާއި، ދަތް އުނގުޅަންވީ ގޮތް ކުޑަކުދިންނަށް ކިޔައިދިނެވެ. މީގެ އިތުރުން ތެލެސީމިއާ ވަގުތުން ޓެސްޓު ކުރުމުގެ ފުރުޞަތުވެސް ލިބުނެވެ. ހަމަ އެހެންމެ ޑޮކްޓަރުންނަށް ހިލޭ ދެއްކޭނެ ފުރުސަތުވެސް ލިބިގެންދިޔައެވެ.

ކުޑަކުދިންނަށް ޚާއްޞަކޮށް ރޭވިފައިވާ އެތައް ގޭމެއް ކުޅުމުގެ ފުރުޞަތު ލިބުނު އިރު، ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރެވި، ކުދިންނަށް ހަދިޔާވެސް ލިބުނެވެ. މީގެ އިތުރުން ތަފާތު ގިނަ މަޢުލޫމާތާއި މުހިންމު ސިއްޙީ ކަންކަން ދަސްކޮށްދޭ ސްޓޯލްތައްވެސް ހުއްޓެވެ.

"މިފަދަ އެކްސްޕޯތަކަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް ގިނަ މަޢުލޫމާތުތަކެއް ލިބި، ސިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިވެވޭ.އަނެއްކާ ބަންދު ދުވަސްތަކުގަ ދާނެ މާގިނަ ތަނެއް ނެތްއިރު ކުދިން ގޮވައިގެން ިހެން އެކްސްޕޯ އަށް އައިސް އުފާ ކޮށްލަން ލިބުނީމަ ވަރަށް ހިތްހަމަ ޖެހޭ." - އެކްސްޕޯއަށް ޒިޔާރަތްކުރި ފާތުމަތު އަޙްމަދު ވިދާޅުވީ،

"ތެލެސީމިއާ ޓެސްޓު ކުރުމުގެ ފުރުޞަތު ލިބުނީތީ ވަރަށް އުފާވި. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް މުހިންމު ކަމެއް. މިފަދަ އެކްސްޕޯތައް އަހަރަކު އެއްފަހަރަށްވުރެ ގިނައިން ބޭއްވުން މުހިންމު" - ޢަލީ ރަޝީދު، 45 އަހަރު

ގިނަ ބައިވެރިން ސިއްޙީ  ހެލްތު އެކްސްޕޯ 2024 ގެ ކާމިޔާބީއާއެކު، ދުޅަހެޔޮކަމަށް އަހުލުވެރިވެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މަސައްކަތްކުރަން ހިތްވަރުލިބުނުކަމަށް ފާހަގަކުރިއެވެ. މި އެކްސްޕޯއިން ލިބުނު މަޢުލޫމާތުތަކާއި ތަޖުރިބާތައް ބޭނުންކޮށްގެން، ގިނަ ބައިވެރިން ސިއްޙީގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް ބާރުއެޅިއެވެ.

މިއަހަރުގެ އެކްސްޕޯއަށް ގިނަ އަދަދެއްގެ ރައްޔިތުން އާއިިލާތަކާއި އެކު ޒިޔާރަތްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު