ENGLISH
26 ނޮވެމްބަރު 2024
ހުޅުމާލޭ ހޮސްޕިޓަލުގެ 'އައި ކޭމްޕް'ގައި ތިން ދުވަހުން 60 ލޮލުގެ ސާޖަރީ
08 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމަކާއެކު ކުރިއަށްގެންދާ "އައި ކޭމްޕް"ގައި ތިން ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 60 "ކެޓަރެކްޓް ސާޖަރީ" ފުރިހަމަ ކޮށްފިއެވެ.
މި ކޭމްޕް ބައްލަވައިލެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލިޒިން މިއަދު ވަނީ ޒިޔާރާތް ކުރައްވައިފައެވެ.
ޒިޔާރާތަށް ފަހު ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތިން ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 60 ސާޖަރީ ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
މި ކޭމްޕަށް ޒިޔާރާތް ކުރެއްވުމަށްފަހު މިނިސްޓަރާއި ސަފީރު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ލޮލުގެ ޚިދުމަތް ރަނގަޅުކުރުމަށް ގުޅިގެން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ސަފީރު ވަންގް ލިޒިން ވަނީ މި ކޭމްޕްގެ ކާމިޔާބީ ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ ކޭމްޕްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކޭމްޕް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ. އަދި މި ކޭމްޕްގައި ބަލާނީ ލޮލުގެ ސާޖަރީ ކުރުމަށް ކުރިން ނަން ނޯޓުކޮށްފައިވާ މީހުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.