ENGLISH
22 އޭޕްރީލު 2025
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުން ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފި
08 ފެބްރުއަރީ 2025
|
މުޅި ރާއްޖޭގައި މިއަދު ބޭއްވި ބައި އިލެކްޝަންތަކުގެ 12 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔައީ ހދ. މަކުނުދޫ ކައުންސިލް އިންތިޚާބާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަނުގެ އިތުރުން 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިލެކްޝަންތަކެވެ.
ޕީއެންސީ އިން މިއަދު ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލްގެ އަންހެން މެމްބަރު ހޮވުމުގެ އިންތިޚާބުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަންތަކުގެ ތެރެއިން، ބ. ގޮއިދޫ، ރ. އިންނަމާދޫގެ ދެ ގޮނޑި، ލ. ގަން، ނ. ފޮއްދޫ، ތ. ބުރުނި، ގއ. ކަނޑުހުޅުދޫ އަދި ހދ. ހިރިމަރަދޫގެ ބައި-އިލެކްޝަނެވެ.
ލަންދޫ ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އާޠިފާ މޫސާ ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ރިޔާޝާއާ ވާދަކޮށެވެ. ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ޕީއެންސީގެ ކެންޑިޑޭޓް އާތިފާ ވަނީ 241 ވޯޓު ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރިޔާޝާއަށް ލިބިފައިވަނީ 214 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކުގެ ތެރެއިން ޕީއެންސީން ގޮނޑިތައް ކާމިޔާބުކުރީ:
1- ބ. ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ- ނަޖުވާ ފާރޫޤް
2- ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - ޢާއިޝަތު ޢީޝާ
3- ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - ޒުލްފާ އާދަމް
4- ލ. ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - އާމިނަތު އަފްރާހު އާއި
5- ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - ޢާއިޝަތު އަމާނީ ޢަބްދުލް ޙާދީ
6- ތ. ބުރުނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - ރުޤިއްޔާ ރަޒީނާ އާއި
7- ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - ފަހީމާ ޢަބްދުﷲ އާއި
8- ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - އާމިނަތު ޝިފާނާ
މިއަހަރު ބޭއްވި ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލިއެވެ. އެހެންނަމަވެސް، އޭގެތެރެއިން 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެރަށްތަކުގެ ބައި-އިލެކްޝަންތައް ބާއްވާފައެއް ނުވެއެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންގެ ތެރެއިން ޕީއެންސީއިން ވަނީ ވޯޓަކާ ނުލާ 26 ގޮނޑި ކާމިޔާބުކޮށްފައެވެ. ވޯޓުލުން ކުރިއަށްދިޔަ 12 ގޮނޑީގެ ތެރެއިން ކާމިޔާބުކުރި 9 ގޮނޑިއާއެކު ޕީއެންސީއިން ކާމިޔާބުކުރި ޖުމްލަ ގޮނޑީގެ އަދަދު ވަނީ 35 އަށް އަރާފައެވެ. ޕީއެންސީ އިން ބައި-އިލެކްޝަނުގައި ބޮޑު ކާމިޔާބީއެއް ހޯދިއިރު ވާދަވެރި އެމްޑީޕީއަށް ބައި-އިލެކްޝަނުގައި ލިބުނީ ދެ ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ފަރާތްތަކުން ދެ ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.
ޖުހާ ·