ENGLISH

18 އޭޕްރީލު 2025

Advertisement

ބްރޭމަން ބަލިކޮށް ބަޔާނަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ބްރޭމަންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ވާޑާ ބްރޭމަން 3-0 އިން ބަލިކޮށް، ބަޔާން މިއުނިކުން ތާވަލްގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ބަޔާން މޮޅުވި ހަތްވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ޑިސެންބަރު މަހު މައިންޒް އަތުންނެވެ.

މި ނަތީޖާއާ އެކު، ބަޔާން އެއްވަނައިގައި އުޅެނީ 21 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެއިންޓްރަކްޓް ފްރެންކްފާޓް އެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މީގެތެރެއިން އެ ޓީމަށް ދެ ލަނޑުޖަހައިދިނީ އިނގިރޭސި ކެޕްޓަން، ހެރީ ކޭން އެވެ. މި ދެ ގޯލް ވެސް އޭނާ ކާމިޔާބުކޮށްދިނީ ޕެނަލްޓީންނެވެ. ބަޔާންގެ އަނެއް ލަނޑު ޖަހައިދިނީ ލެރޯއީ ސާނޭ އެވެ.

ބަޔާނަށް ދެން އޮތީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން، ލެވަކޫސަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު