ENGLISH

22 އޭޕްރީލު 2025

Advertisement

ޓީޗަރުންނާމެދު ސަރުކާރުން ބަހައްޓަވާ އޯގާތެރިކަމާއެކު ކިޔަވައިދިނުމަށް ނުކުންނަ ޒުވާނުން އިތުރުވާނެކަމަށް އުންމީދުކުރެވޭ: ޑރ.ޝަފީޢު

08 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު، ފޮޓޯ: ސްނެޕްޝޮޓް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް އެމަނިކުފާނުގެ އިރުޝާދުފުޅުގެ މަތިން ޓީޗަރުންނާމެދު ސަރުކާރުން ގެންގުޅުއްވާ އޯގާތެރިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޓީޗިން ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްގެން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަ ޒުވާނުން އިތުރުވާނެކަމުގައި އުންމީދުކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ބުރާސްފަތިދުވަހު ރައީސް އިއްވަވައިދެއްވި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ރޭ ބޭއްވި ވަޒީރުންގެ ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީގައި އޮތް ގޮތުން ހަފުތާއަކު ހަ ދުވަހު 8 ގަޑިއިރު މަސައްކަތްކުރުމަށްފަހު ހުކުރުދުވަހުވެސް ޓީޗަރުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. 

މި ސަރުކާރުން ނިންމަވާފައިވަނީ ޓީޗަރުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުންނާއި އަމިއްލަ ނަފްސަށް އަރާމު ހޯދައިދިނުމަށާއި ޢާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުޞަތު ދިނުމުގެ ގޮތުން ހުކުރުދުވަހަކީ ޓީޗަރުން މަސައްކަތްކުރައްވަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ނިންމުމަށް ހުރިހާ ޓީޗަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. 

"ހަފުތާއަކު ހަ ދުވަހު ކޮންމެ ދުވާލަކު އަށް ގަޑިއިރު 48 ގަޑިއިރުވަންދެން ވަޒީފާ އަދާކޮށްފައި ދެން މި އޮންނަނީ ހުކުރުދުވަސް. މި ހުކުރުދުވަހުގައިވެސް ޓީޗަރުން ހަމަނުކުމެ މަސައްކަތް މިކުރަނީ އިނގޭތޯ. އެހެންވީމާ އަޅުގަނޑުމެން ނިންމީ ޓީޗަރުންނަށް ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ޓީޗަރުންނަށް ޢާއިލާއާއި އަމިއްލަ ނަފުސަށްވެސް އަރާމު ހޯދުމަށް ހުކުރުދުވަހަކީ މަސައްކަތްނުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި.،" މިނިސްޓަރު ވިދާޅުވިއެވެ. 

ޓީޗަރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރައްވާއިރު ރާއްޖޭގައި ޓީޗަރުން ނިސްބަތުން މަދުކަން ދެނެގަންނަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުވެސް ޕްރައިވަރީ މަރުޙަލާގައި ކިޔަވައިދިނުމަށް 230 އަށްވުރެ ގިނަ ޓީޗަރުން އެބަބޭނުންވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުަމށް ސެން ޓީޗަރުންގެ ގޮތުގައި 600 އަށްވުރެ ގިނަ ޓީޗަރުން މިވަގުތުވެސް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޑރ.ޝަފީޢު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ޓީޗަރުންގެ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތަކާއި ޓީޗަރުންނާމެދު އަޅައިލާ ބެހެއްޓޭ އޯގާތެރިކަމާއެކު، މިދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ކުދިން އިތުރުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. 

"މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ޕޮޒިޓިވްކޮށް ދާއިރާ ބައްޓަން ކުރެވިއްޖެ ކަމަށްވަނީނަމަ، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ތައުލީމީ ގާބިލް، ޒުވާން ޓީޗިން ފޯސްއެއް އަޅުގަނޑުމެންނަށް ބިނާކުރެވިގެންދާނެ،" ޝަފީޢު ވިދާޅުވިއެވެ. 

އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ ޓީޗަރުން އުފެއްދުމަށްޓަކައި އިފުތިތާޙުކޮށްފައިވާ ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގުރާމުގައި 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު