ENGLISH

22 އޭޕްރީލު 2025

Advertisement

ރ. މީދޫގައި އަޑުގަދަކުރި ކުއްޖަކަށް ނަސޭހަތްތެރިވި ފުލުހަކަށް ހަމަލާދީފި

08 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ރ. މީދޫ / ފޮތޯ: ސާމީ.އެމްވީ (އިންސްޓަގްރާމް)

ރ. މީދޫގައި މަގުމަތިން އަޑުގަދަކުރަމުންދިޔަ ކުދިބަޔަކަށް ނަސޭހަތްތެރިވި ފުލުހަކަށް ހަމަލާދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ މީދޫ މަގުމަތީގައި ކުޑަކުދިންތަކެއް ހަޅޭއްލަވާ އަޑުގަދަކުރުމުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވީ އޮފް ޑިއުޓީގައި ހުރި ފުލުހެއްކަމަށެވެ. ފުލުސްމީހާ ނަސޭހަތްތެރި ވުމުން ވެސް އެކަން ނުހުއްޓާނެކަމަށް ބުނެ ޖަދަލުކޮށް ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެކުދިން ދެކޮޅުހެދިކަމަށް ފުލުހުން ވިދާޅުވިއެވެ.  

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އެންގުމުން ހަމަނުޖެހުން ހިންގައި ފުލުހަށް ހަމަލާދީފައިވެއެވެ. އަދި މި މައްސަލަ މި ޚިދުމަތުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް، ކުއްޖާގެ އާއިލާއިން ތުހުމަތުކުރަމުންދާ ކަމަށާއި އެ މައްސަލަ ވެސް ފުލުހުން ބައްލަވަމުންގެންދަވާ ކަމަށް މި މެސެޖުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މިކަމުގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު ޢަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު