ENGLISH

07 ޖުލައި 2025

Advertisement

ރައީސްގެ އިޚްލާސްތެރިކަން ފެނިއްޖެ، ވަޢުދުތައް ފުއްދަވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް: މުއްތަލިބު

07 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންދާ ވާހަކަފުޅުތަކާއި ރިޔާސީ ބަޔާނުން ވެސް އެނގިގެންދަނީ އެމަނިކުފާނު ހިތްޕުޅުގައި ހުރި އިޚްލާސްތެރިކަމާއި ވަޢުދުތައް ފުއްދެވުމަށް ބޭނުންފުޅުވާ މިންވަރު ކަމަށް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގެން އިސްލާމިކް ޔުނިވާސިޓީގައި ރޭ ބޭއްވި ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، މި އަހަރު ޚާއްސަ ކުރައްވާފައި ވަނީ ރައްޔިތުން ބޭނުންވާ ވީހާވެސް ގިނަ ކަންތައްތަކެއް ހާސިލް ކޮށްދިނުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ވަރަށް ގިނަފަހަރު ސިޔާސީ މާހައުލުން ފެނިގެން ދަނީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ވާ ވައުދުތަކަކީ ފަހުން އެ ވަޢުދުތައް ފުއްދުމަށްޓަކައި، ނުވަތަ ހަނދާން ނެތޭ ކަހަލަ ގޮތަކަށް ކަމަށެވެެ.

މީގެ އިތުރުން، ރައީސްގެ ރިޔާސީ ބަޔާނުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަލަށް ފަށަން ޖެހޭ މަޝްރޫޢުތައް ނަމްބަރުތަކުން ވިދާޅުވެފައިވާ ކަމަށާއި މިކަމުން ވެސް ހާމަވަނީ އެމަނިކުފާނުގެ ޕްލޭނެއް އޮތްކަމާއި އުސޫލުތަކެއްވާ ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑަށް މި އަހަރު ވެގެން ދާނީ، ހަގީގަތުގައި އެމަނިކުފާނު ވިދާޅުވި ގޮތަށް، ނަތީޖާ ނެރެދެވޭ އަހަރަކަށޭ. އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި އިގްތިސާދުގައި މާލީ ހާލަތުގައި ހުރި ދަތިކަމާއި އެކުގައި ވެސް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށްޓަކައި ނަތީޖާ މި އަހަރު ފެނިގެން ދާނެއޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވެރިކަމާއި ހަވާލުވީއިރު ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީތެރޭގައި ވެސް 40 ބިލިއަން ރުފިޔާގެ މަޝްޜޫޢުތައް ސޮއިކޮށްފައިހުރި ކަމަށާއި މިއީ އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތަކާ އެއްކޮށް އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު