ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ވިލިނގިލީގައި ދެ މައިން މަރުވި މައްސަލައިގެ ޖިނާއީ ތަހުޤީޤެއް ހިންގަން އަންގަވައިފި

07 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ގއ. ވިލިނގިލި (ފޮޓޯ/ މޯލްޑިވްސް ނިއުސް ނެޓްވާކް)

ގއ. ވިލިނގިލީގައި އަންހެނަކާއި ދަރިފުޅު ނިޔާވި ހާދިސާގެ ޖިނާއީ ތަހުޤީޤެއް ހިންގަން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއި ފާތިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަނިކޮށް، މިދިޔަ ބުދަ ދުވަހު އެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވިދާޅުވީ ޝިއުނާ އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށް "ދޭންޖެހޭ ފަރުވާ ނުލިބި ހާލު ދެރަވެ" މައި މީހާ އާއި ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި ސިޒޭރިއަން ހަދަން ޖެހުނު ކަމަށެވެ. އެ ދެ މައިން ނިޔާވީ ހާލަތު ގޯސްވުމާ އެކު، އިތުރު ފަރުވާ އަށް މާލެ ފޮނުވަން މަސައްކަތް ކުރަމުންދަނިކޮށް ގއ. ކޫއްޑޫ އެއާޕޯޓުގަ އެވެ.

އެ ކައުންސިލުން ތުހުމަތުކުރައްވާ ގޮތުގައި އެ ދެމައިން ނިޔާވީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ. އެހެންވެ އެ ކައުންސިލުން ވަނީ މައްސަލަ ތަހުގީގުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަޒީރު އަލީ އިހުސާން 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދެމައިންގެ މަރުގެ މައްސަލައިގައި އިހުމާލެއްވެފައިވާނަމަ، އެ ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު