ENGLISH
18 އޭޕްރީލު 2025
ޓޮޓްނަމް ބަލިކޮށް، ލިވަޕޫލް ލީގު ކަޕްގެ ފައިނަލަށް
07 ފެބްރުއަރީ 2025
|
ލިވަޕޫލްގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ 4-0 އިން ބަލިކޮށް، ލިވަޕޫލް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި މޮޅާއެކު، ލިވަޕޫލުން ކުރި ހޯދީ ދެ މެޗުގެ އެގްރިގޭޓް 4-1 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މަހު ޓޮޓްނަމް މޮޅުވީ 1-0 އިންނެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އެއް ގޯލުޖެހީ ފުރަތަމަ ހާފުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ.
ލިވަޕޫލްގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަލާހު، ޑޮމިނިކް ސޮބޯޒްލާއީ އަދި ވާޖިލް ވެން ޑައިކް އެވެ. މީގެތެރެއިން، ސަލާހު ޖެހި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ނުކުންނާނީ އަންނަ މާރިޗް މަހުގެ 16 ވަނަ ދުވަހު އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމް ގައެވެ.