ENGLISH

22 އޭޕްރީލު 2025

Advertisement

ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

07 ފެބްރުއަރީ 2025

|

ހަސަން އާމިރު

ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީ.ސީ.އެމް.ޖީ، އޯ.ބީ.އީ) އާއި ގްރެނާޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑިކޮން މިޗެލް، އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގަވަރނަރ-ޖެނެރަލް ލަ ގްރެނާޑް އާއި ބޮޑުވަޒީރު މިޗެލް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ގްރެނާޑާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު