ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން: ވަޒީރު ސަޢީދު

07 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

މިޤައުމު އޮތް ހާލަތު ރަނގަޅުކުރައްވައި ޤައުމު ބަނގުރޫޓް ވިޔަނުދީ ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީކަމަށް އިޤްތިޟާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ޚާއްސަ ފޯރަމްގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި މި ފޯރަމްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށުގައިކަމަށާއި އެކަންކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި 125 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވި ކަމަށާއި އެ ދަރަނީގެ 60 އިންސައްތަ އަކީ ނިމިދިޔަ ސަރުކާރުން އުފެއްދި ދަރަނިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"125 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވި. އެ ދަރަނީގެ 60 އިންސައްތަ އަކީ ނިމިދިޔަ ސަރުކާރުން އުފެއްދި ދަރަނި. އޭގެ ބޮޑުބައި އާމްދަނީ ނުލިބޭނެ ގޮތަށް ހުރި ދަރަނި. 8000 މިލިޔަން ރުފިޔާގެ ޗާޕް ނެރެފައިވޭ ރުފިޔާގެ އަގު ވައްޓާލަން. ކަންކަން ރަނގަޅުކުރުމަށް ކުރު މުއްދަތުގެއް ތެރޭގައި އެހާ ޑީޓެއިލްކޮށް ރައީސް އޮފީހުން މަސައްކަތް ކުރި ސަރުކާރެއް މި ނޫނިއްޔާ ނުދެކެން،" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާ އެކު ބޭއްވި ޚާއްސަ ފޯރަމްގައި ހަތަރު ވަޒީރުން އިއްތިފާގުވެވަޑާއިގެން އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު ރާއްޖެއަށް ތަރައްޤީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ތަޢުރީފްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު