ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް ޑރ. މުޢިއްޒުގެ މާލިމީކަމުގެ ދަށުން ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެކަން ޔަޤީން: މެމްބަރު އައިފާން

07 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާން / ފޮޓޯ: ރައްޔިތުން މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީކަމުގެ ދަށުން، އެންމެންގެ އެއްބާރުލުމާއެކު ދިވެހިރާއްޖޭގައި ހުރި އިޖްތިމާޢީ މައްސަލަތަކާއި އިޤްތިސާދީ މައްސަލަތަކުގެ އިތުރުން ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ރައީސް އިއްޔެ ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން "އެމްއެމްޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވިދާޅުވީ އިޖްތިމާއީ ބޮޑެތި މައްސަލަތައް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށްތަކާއި މާރާމާރީގެ މައްސަލަތައް މަދުކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތް ޢަމަލީގޮތުން ފެންނަމުންދާ ކަމަށެވެ. 

މެމްބަރު އައިފާނު އިތުރަށް ވިދާޅުވީ ރިޔާސީ ބަޔާން އިއްވަމުންދިޔަ ވަގުތު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތް ކުރުމަކީ އާކަމެއް ނޫންކަމަށާއި، އެމްޑީޕީގެ ޢަމަލުތަކުން ފެނިގެން ދަނީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއަށް ލާބައާއި މަންފާ ލިބޭނެ ހުރިހާ ކަމަކަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެނގޭ މި ރާއްޖޭގައި ބޮޑެތި ވައްކަންތައް ކޮށްފައި، މުޅި ޤައުމުގެ މާލިއްޔަތު އެއްކޮށް ހުސްކޮށްލާފަ ގޮސް، މިއަދު ނުކުމެ ވައްކަމުގެ ވާހަކަ ދައްކާއިރު އަޅުގަނޑު ހިތަށް އަރާ އެބޭފުޅުން ލަދެއް ނުގަނޭ ބާއޭ. ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ މި ރާއްޖެއަށް ގެންނަވަމުންދާ ތަރައްޤީ ހަޖަމް ނުވެގެން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެއްވެސް ކަމެއް ގޯސްވެގެނެއް ނޫން މިއުޅެނީކީ،" - މެމްބަރު އައިފާން 

މަޖިލީހުގެ މެމްބަރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދުމަށް ޓަކައި ސާބިތުކަމާއެކު ތިބޭނެކަމަށް ވެސް މެމްބަރު އައިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު