ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް މިއަަދު ދެއްވެވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއް: ނާޒިމް

06 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ދެއްވެވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއްކަމަށް އެމްއެންޕީގެ ލީޑަރ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ، ރައީސް މިއަަދު ދެއްވެވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއްކަމަށާއި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަމަށެވެ. 

ނާޒިމް ވިދާޅުވީ، އުންމީދަކީ އިންގިލާބީ އަހަރަކަށް މިއަހަރު ވެގެން ދިއުންކަމަށެވެ. 

މީގެ އިތުރުން، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި، އެމަނިކުފާނު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް ވެސްވަނީ ތަޢުރީފްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު