ENGLISH

18 އޭޕްރީލު 2025

Advertisement

ރޯމާ ބަލިކޮށް، މިލާން އިޓާލިއަން ކަޕްގެ ސެމީ އަށް

06 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޯމާއާ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ އޭއެސް ރޯމާ 1-3 އިން ބަލިކޮށް، އޭސީ މިލާން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މިލާން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ، ރޯމާ އިން ލޯނެއްގައި އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ޓެމީ އެބްރަހަމް އެވެ.

މިލާންގެ އަނެއް ލަނޑު ޖަހައިދިނީ ދާދިފަހުން ލޯނެއްގައި ޗެލްސީން އެ ޓީމަށް ބަދަލުވި ޕޯޗުގީޒް ފޯވާޑް، ޔާއޯ ފެލިކްސް އެވެ.

މި މެޗުގައި ރޯމާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޔޫކްރޭންގެ ފޯވާޑް، އާޓެމް ޑޮވްބީކް އެވެ.

މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މިލާން ސެމީގައި ނުކުންނަން ޖެހޭނީ ވާދަވެރި، އިންޓަރ މިލާނާއި ލާޒިއޯ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަނެއް ސެމީގައި ބޮލޯނިއާ ކުޅެން ޖެހެނީ ޔުވެންޓަސްއާ އެމްޕޯލީ ކުރެން މޮޅުވާ ޓީމަކާ އެވެ.

ކިޔުންތެރިންގެ ހިޔާލު