ENGLISH

22 އޭޕްރީލު 2025

Advertisement

ދިވެހިރާއްޖެ ރަނގަޅު މިސްރާބަކަށްދާ މަންޒަރު ޢަމަލީގޮތުން އެބަ ފެނޭ: މެމްބަރު މަމްދޫހު

06 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ދިވެހިރާއްޖެ ރަނގަޅު މިސްރާބަކަށްދާ މަންޒަރު ޢަމަލީގޮތުން ފެންނަމުންދާ ކަމަށް، ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙު ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް އަހަރަކާ ދެތިން މަސްވެގެން ދިޔައިރު ފެނިގެން މިދަނީ މާޒީން ފެނިގެންދިޔަ ސަރުކަރުތަކާއި ޚިލާފަށް މި ސަރުކާރުން ނަތީޖާ ނެރުމުގައި ކުރީގައި އުޅޭ މަންޒަަރުކަން، މިއަދުގެ ރިޔާސީ ބަޔާނުން އެނގިގެންދިޔަ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދެ ދައުރުގެ ސަރުކާރުތަކަށް ބަލާނަމަ ފެނުނީ ޢަމަލީ މަސައްކަތްތައް ފެށުމަށް ދެތިން އަހަރު ހޭދަވާ މަންޒަރުކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ. 

ނަމަވެސް މިއަދު ފެންނަން އޮތީ މިއާ މުޅިން ޚިލާފު މަންޒަރެއް ކަމަށާއި މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރެއް އައިސް އެންމެ އަވަހަށް އެންމެ ގިނަ މަޝްރޫއުތައް ފަށާ އަހަރަށް މި އަހަރު ވާނެ ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.

"ދެން ހަމަ ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ، މި ސަރުކާރުތަކުން ދިވެހިރާއްޖޭގަ ހިންގުމުގެ ހަރަދު މެނޭޖުކުރަމުން އައި ގޮތް މިއަދު ބަދަލުކުރެވިގެން މިދަނީ އަޅުގަނޑުމެންގެ މި ސަރުކާރުން. މީގެ ކުރިން މާޒީން އަޅުގަނޑުމެންނަށް ފެންނާނެ އަޅުގަނޑުމެން އަބަދުވެސް ލިބޭ އެއްޗަކަށް ވުރެ އިތުރަށް ސަރުކާރެއް ހިންގުމަށް ހަރަދުކުރެވިގެން ދިޔަ މަންޒަރު، ނަމަވެސް މިއަދު ފެންނަނީ އަޅުގަނޑުމެން ލިބޭ އެއްޗަކުން ހަރަދުތައް މެނޭޖްކުރަމުންދާ މަންޒަރު،" - މެމްބަރު މަމްދޫހު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ދިވެހިން ބޭނުންވާގޮތަށް ކަންތައްކުރެވި، ދިވެހިން ބޭނުންވާ ތަރައްޤީ ދިވެހީންނާ ހިސާބަށް ފޯރުކުރެވި، ދިވެހިންގެ ޖީބުތަކަށް ވަންނަ ފައިސާ އިތުރުކުރެވިގެން ދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު