ENGLISH

22 އޭޕްރީލު 2025

Advertisement

ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދީފި: ފަހުމީ

06 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދެއްވި ބަޔާނެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަށް ތަޢުރީފްކުރައްވަމުން ސޯޝަލް މީޑިއާގައި ފަހުމީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވުމާއެކު މިއީ ޙަޤީގަތުގައި ވެސް ރައްޔިތުންގެ ސަރުކާރެއްކަން ހާމަވާ ކަމަށެވެ.

"މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ޙާޞިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ޙާޞިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، މިއީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެއް،" ފަހުމީ ވިދާޅުވިއެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކަށް ފަހުމީ ވަނީ ރައީސަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

އިނގިރޭސި ވިލާތުން މާސްޓާސް އޮފް އެކައުންޓިންގ އާއި ފައިނޭންޝިއަލް ސާވިސަސްއިން އެމްބީއޭ ޙާޞިލްކުރައްވައިގެން ހުންނެވި ފަހުމީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރެއްވީ 2023 ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމުގެ ކުރިން ފަހުމީ ވަނީ އެ ކުންފުންޏަށް 25 އަހަރު ޚިދުމަތްކޮށްދެއްވައި، ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމް ވެސް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު