ENGLISH
18 އޭޕްރީލު 2025
އިތުރު ވަގުތުގައި ވައްދާލި ލަނޑާއެކު ލެގަނޭސް ބަލިކޮށް ރެއާލް ސެމީ އަށް
06 ފެބްރުއަރީ 2025
|
ރެއާލް މޮޅުވި ލަނޑުޖަހައިދިނުމަށްފަހު ގާސިއާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ކޮޕަ ޑެލް ރޭ ގެ ކުއާޓަރ ފައިނަލުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ލެގަނޭސް 2-3 އިން ބަލިކޮށް، ރެއާލް މެޑްރިޑުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަނިޔާގެ ސަބަބުން ޑިފެންސްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި ރެއާލް ކުޅުނު މި މެޗަށް އެ ޓީމު ނުކުތްއިރު ކޯޗު، ކާލޯ އަންޗެލޮޓީ ވަނީ، ކުރިއަށް މުހިއްމު ގިނަ މެޗުތަކެއް އޮތުމުން އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ، ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމްގެ އިތުރުން ވިނީޝިއުސް ޖޫނިއާ އަދި ގޯލްކީޕަރު، ތިބައު ކޯޓުއާ އަށް އަރާމުކުރަން ފުރުޞަތު ދީފައެވެ.
ލެގަނޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލްގެ ލޫކަ މޮޑްރިޗާއި، އެންޑްރިކްގެ ގޯލުން ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފުގެ ފަހުކޮޅާއި، ދެވަނަ ހާފުގެ ކުރީކޮޅު ހުއާން ކްރޫޒް ކާމިޔާބުކުރި ލަނޑުތަކުން އެއްވަރުކުރިއެވެ. މީގެތެރެއިން، ކްރޫޒް ޖެހި ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުން ރެއާލް މޮޅުކޮށްދިނީ އިތުރު ވަގުތުގެ ތެރޭގައި ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާ އެވެ. އޭނާ މި ލަނޑު ޖެހީ ބްރާހިމް ޑިއާޒް ދިން ބޯޅައަކުންނެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި، ވެލެންސިއާގެ ދަނޑުގައި އެ ޓީމު ބާސެލޯނާއާ ބައްދަލުކުރާއިރު، އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ.