ENGLISH

22 އޭޕްރީލު 2025

Advertisement

އަންހެން ކަނބަލުން ކުރިއެރުމާއި ބާރުވެރިކުރުވައި ފުރުޞަތުތައް ފަހިކުރުމަށް މި ސަރުކާރުން ވަރަށް އިސްކަންދޭނެ: ރައީސް

06 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އަންހެނުންގެ ކުރިއެރުމާއި އެ ކަނބަލުން ބާރުވެރިކުރުވައި ފުރުޞަތުތައް ފަހިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގައުމު ތަރައގީކުރާނީ، އެއްވެސް މަޔަކު ބާކީ ނުކޮށްކަމަށެވެ. އަދި އެކަމަށްޓަކައި އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް  ތަޢާރަފުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް މިހާރު ލޯނު ދޫކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، މި ޚާއްޞަ ލޯން ސްކީމްގެ 25 އިންސައްތަ ޚާއްޞަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކަމަށާއި މި ލޯނުސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ވަނީ ޕްލޭން ކުރެވިފަކަމަށް ވިދާޅުވެ، އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫސިޓީގައި ފެށުމަށް މި ފެބްރުވަރީ މަސްތެރޭގައި އިޢުލާނުކުރައްވައި 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެން ކަނބަލުން ކުރިއެރުވުމަށްޓަކައި، ޑަބްލިއުޑީސީގެ މުޒަފުންނަށް ލިބޭ އިނާޔަތް މުސާރަޔަށް ހެދުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު