ENGLISH

22 އޭޕްރީލު 2025

Advertisement

ރައްޔިތުންގެ މަޖިލީހުގެ ވާޖިބާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މަޖިލިސް ރައީސް

06 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ނިންމަވައިލެއްވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ދެއްކެވި ވާހަކަުފުޅުގައި ވިދާޅުވެފައިވަނީ  ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށް ނިންމަވާފައި ކަމަށެވެ.

އެގޮތުން ދައުލަތުގެ ދަރަނި ކުޑަކޮށް، ދަޢުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓަކައި އެކަމާއި ގުޅޭ ގާނޫނުތަކަށް އިސްލާހު ގެނެވުނު ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖްކުރުމާއި ބެހޭ ބިލްތައް ފާސްކުރެވުނު ކަމަށް ވެސް ފާހަގަކުރެއްވިއެވެ. 

"މީގެ އިތުރުން ދިވެހިރާއްޖޭގައި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާ އުސޫލުތައް ކަނޑައަޅާ ހިންގުމަށް ބޭނުންވާ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލެވުނު، މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަންނައިރު މަޖިލީހުން ކުރުމަށް މުހިންމު މަސައްކަތްތަކެއް އެބަހުރި" - މަޖިލިސް ރައީސް އަބްދުއްރަޙީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އަބްދުއްރަޙީމް އަބްދުﷲ ވަނީ ޝުކުރު އަދާކުރައްވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު