ENGLISH

22 އޭޕްރީލު 2025

Advertisement

އުތުރު ތިލަފަޅުން މި އަހަރު 150 ހެކްޓަރުގެ ބިން ހިއްކަން ފަށަނީ

06 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވުމުން ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ރަށްރަށުގަ އާއި އެންމެ އާބާދީ ބޮޑު، ވެރިކަން ކުރާ މާލެ ސިޓީގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނެވުމަށް ކުރަން ނިންމަވާފައިވާ ކަންކަން ވަނީ އިއުލާނުކުރައްވާފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއް ނިންމެވުމަކީ އުތުރު ތިލަފަޅުން އިތުރަށް ބިން ހިއްކަން ނިންމައި، މި އަހަރު ތެރޭގައި އެ މަސައްކަތް ފެށޭނެކަން އިއުލާނުކުރެއްވުމެވެ. އަދި، އުތުރު ތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށްޓަކައި ފައިނޭންސިން ހޯދުމަށް މަސައްކަތް ކުރަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ. ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު ދަނީ ކުރެވެމުން." - ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލޭ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.

މިދިޔަ ސަރުކާރުން އިންޑިއާ އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، އުތުރުތިލަފަޅު ބޭނުންކުރަމުން ދަނީ އެމްއެންޑީއެފްގެ ޑޮކްޔާޑެއްގެ ގޮތުގަ އެވެ. އެ ތަނުން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށްޓަކައި ގޯތި ދޫކުރުމަށް ނިންމައި ތިލަފުއްޓާއި ގިރާވަރުފަޅު ބްރިޖަކުން ގުޅުވާލުމުގެ ވިސްނުން ވެސް ކުރީ ސަރުކާރުން ގެންގުޅުނެވެ. ނަމަވެސް އެ މަސައްކަތްް އޭރު ކުރިއަކަށް ނުދެ އެވެ. 

ކިޔުންތެރިންގެ ހިޔާލު