ENGLISH

22 އޭޕްރީލު 2025

Advertisement

ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސް ޕްރޮގްރާމް އަންނަ އޭޕްރީލް މަހު ފަށަނީ

06 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށްވާ، ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސް ޕްރޮގްރާމު މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޕްރޮގްރާމް ފެށުމަށްޓަކައި، ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުންނާއި، ވަޞީލަތުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި ޤައުމަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން މި ނިޒާމުގެ ތެރެއިން ބިނާކޮށް ތަރައްޤީކުރެވޭނެކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި މަސައްކަތްތެރި އުފެއްދުންތެރި ބައެއްގެ ގޮތުގައި ބިނާކުރެވިގެންދާނެ އެވެ. އަދި ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅި ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި އޮތް ނަމަވެސް ތަޢާރަފްކުރެވުނު މި ޕްރޮގްރާމާ އެކު މި ހާލަތަށް ނިމުމެއް ގެނެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ޚިދުމަތުގެ ތެރެއިން ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާ ޤައުމީ ޙަޔާތާއި އަޚްލާޤާއި ޢިލްމީ މައިދާން އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙްތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން ބިނާކުރެވޭނެ ކަމަށެވެ. އަދި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ދިވެހި ޒުވާނުން ބައްޓަންކުރެވި، އަދުގެ ޒުވާނުންނަކީ މި ދިވެހި ދީބަށް ދޫކޮށްލެވޭ ހަރުދަނާ ބަޔަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މި ޕްރޮގްރާމް ފައްޓަވާނެކަމަށް އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު