ENGLISH
22 އޭޕްރީލު 2025
ޑްރަގް ބޭނުންކުރާ ބައެއްގެ ބިރުދެއްކުމުގެ ތެރޭގައި އާއިލާތައް ބޭއްވޭކަށް ނެތް: ރައީސް
06 ފެބްރުއަރީ 2025
|
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ. --ފޮޓޯ މަޖިލީސް)
މަސްތުވާތަކެތި ބޭނުންކުރާ ދެ ތިން މީހެއްގެ ބިރުދެއްކުމާއި ވައްކަން ކުރުމާއި މުދާ ފޭރުމާއި އަނިޔާގެ ތެރޭގައި އާއިލާތައް ބަހައްޓަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި އެފަދަ ކަންކަން ހިންގަން ޖާގަދޭ ގައުމަކީ "މަރުގެ ތުންފަތް މަތީގައި އޮތް ގައުމެއްގެ" ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފި އެވެ.
މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލަކަމަށްވާ ޑްރަގްގެ ވަބާގެ މައްޗަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން ޤައުމުގެ ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި އެފަދަ ވިޔާނުދާ ޢަމަލުތަކުން ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ބޮޑު ވާޖިބެެއްކަން ފާހަގަކުރެއްވި އެވެ.
"ކޮންމެ އާއިލާއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އެކެއް ދެ މީހެއްގެ ބިރުދެއްކުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި އަނިޔާދިނުން އޮންނަ ޤައުމަކީ މަރުގެ ތުންފަތް މަތީގައި އޮންނަ ގައުމެއް. އެއީ ދައުލަތެއްގެ ގޮތުގައި ދެމި ތިބެވޭނެ ޙާލަތެއް ނޫން. އެހެންވީމާ އިޞްލާޙީ ފިޔަވަޅު އަޅަން އެބަ ޖެހޭ"
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ގޮތުގައި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަކީ:
މީގެ އިތުރުން، މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދައި، އެތަކެއްޗަށް ދެވިހިފާފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މި ސަރުކާރުން އެޅުއްވި އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށްވާ، އިލެކްޓްރޯނިކް ސިގިރޭޓް، ނުވަތަ ވޭޕް ބޭނުންކުރުމާއި އެތެރެކުރުމާއި ވިޔަފާރިކުރުން މަނާ ކުރަން ނިންމި ނިންމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ. މިކަމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ކަންކަމަށް ހެޔޮ ނަތީޖާއެއް ފެނުމުގެ އިތުރުން ގައުމު ހަމަމަގުން ދަތުރުކުރުމަށް އެހީވެދޭނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.