ENGLISH
22 އޭޕްރީލު 2025
އިސްލާމީ ޝަރީއަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް މަސަތްކަތްކުރާނަން: ރައީސް
06 ފެބްރުއަރީ 2025
|
އިސްލާމީ ޝަރީއަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް ނުގުޑާ އަޒުމަކާއެކު ކެނޑިނޭޅި މަސަތްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކުރީއަހަރުގެވެސް މަންހަޖާ އެއްފަދައިން، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ބާރުއަޅުއްވާނެ ކަމަށެވެ.
އެގޮތުން، ފާއިތުވި އަހަރުވެސް މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ގިނަ މަސަތްކަތްތަކެއްކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެތެރޭގައި އިސްލާމްދީނާމެދު ދިވެހިންގެ ހިތުގައި ލޯބި އިތުރުކުރުމަށް ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަވާފައިވާކަން ފާހަގަކުރައްވަމުން، މި އަހަރުވެސް ރިސާލަތު ޕްރޮގްރާމް މެދު ކެންޑުމެއް ނެތި ކުރިއަށްދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން،ނަމަދަކީ ހުރިހާ މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުން ނަމާދަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މަޝްރޫޢެއް ފަށާފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.
ދީނީ ދާއިރާއިން ކުރިޔަށް އޮތްތާނގައި ފައްޓަވާނެ މަޝްރޫއުތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، އިސްލާމީ ލީޑަރްޝިޕް ކޮލިޓީ އުންގަންނައި ދިނުމަށްޓަކައި "އިސްލާމީ ލީޑަރްޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް ކަމާގުޅުންހުރި ދާއިރާތަކާއި ޖަމްޢިއްޔާތަކައި ގުޅިގެން މި އަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއާއެކު، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 މިސްކިތެއް އަލަށް ބިނާކުރުމުގެ މަޝްރޫޢެއް މި އަހަރު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. އަދި މިހާތަނަށް ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު މިސްކިތްތަށް ބެލެހެއްޓުމާއި މަރާމަތްކުތުމަށް، ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ހަމައެފަދައިން ޒަކާތަކީވެސް އިސްލާދީނުގައި މުހިންމު ރުކުނެއްކަން ފާހަގަކުރައްވާ، މި ސަބަބަށްޓަކައި ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް މި ދިޔަ އަހަރު ޒަކާތު ހައުސް އުފެއްދިކަމަށް ވިދާޅުވިއެވެ. އަދި ޒަކަތުގެ ނިޒާމް ޒަމާނީ ގޮތެއްގައި ތަރުތީބުކުރެއްވުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި ގަވާއިދުތަށް ފާސްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި "އިންޒެކް" އިންޓަރްނޭޝަނަލް ޒަކާތު ކޮންފަރެންސްވެސް ބޭއްވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އިންތިހާއީ ފަޤީރުކަން ނެތް ދުވަސް އަވަސް މުސްތަޤުބަލެއްްގައި ދިވެހީން ދެކޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދީނީ ކަންކަމާމެދު މުޖުތަމަޢު ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރުވެސް ދީނީ ދާއިރާއިން މުޅިން އަލަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފައްޓަވައި ކުރިއަށްގެންދަވާފައިވެއެވެ.