ENGLISH

22 އޭޕްރީލު 2025

Advertisement

ޣައްޒާގެ ބިމުން ފަލަސްތީނު ރައްޔިތުން ބާލަންކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ތާއީދެއް ނުކުރާނެ: ރައީސް

06 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ޣައްޒާގެ ބިމުން ފަލަސްތީނު ރައްޔުތިން ބާލަންކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ތާއީދު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފަކަމަށެވެ. 

ހަމައެހެންމެ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ކުރިޔަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިރާޖީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހިރާއްޖެއިން ވާނީ ކޯ ސްޕޮންސަރކޮށްފައި ކަމަށެވެ.

ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް ކަމަށާއި، އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށެވެ. 

ހަމައެއާއެކު ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު