ENGLISH
22 އޭޕްރީލު 2025
މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރަައްވަނީ
06 ފެބްރުއަރީ 2025
|
ހއ. މާރަންދޫ ޕޮލިސް ޕޯސްޓް ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވަނީ. މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރާނެ
މިއަހަރު ނިމޭއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނޯންނާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން މިއަދާ ހަމައަށް ރާއްޖޭގެ 27 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ހުޅުވާފައިވާކަމަށެވެ. އަދި، މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިހާރު ވަގުތީ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތް ދެމުންގެންދާ 20 ރަށުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙަލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތް ކުރުމަށް ބޭނުންވާ ކެޕޭސިޓީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރުކުރެވިގެންދާނެ ކަމަށެވެ.