ENGLISH
22 އޭޕްރީލު 2025
އެމްޑީޕީން އިޙުތިޖާޖުކުރަން ފެށުމުން ރިޔާސީ ބަޔާން އިއްވެވުން މެދުކަނޑައިލައްވައިފި
06 ފެބްރުއަރީ 2025
|
މަޖިލީހުގައި ރައީސް ޑރ.މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން އިޙުތިޖާޖުކުރައްވަން ފެއްޓެވުމާއެކު، މަޖިލީހުގެ ރިޔާސީ ބަޔާން އިއްވެވުން ވަގުތީ ގޮތުން މެދުކަނޑައިލެއްވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރައްވަން ފައްޓަވައި އަޑުގަދަކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ އެ ބޭފުޅުންނަށް ނަޞޭޙަތްދެއްވުމަށްފަހު، އެ ބޭފުޅުންގެ ނަންފުޅު އިއްވަވައި މަޖިލީހުން ނުކުމެވަޑައިގަތުމަށް އެ ބޭފުޅުންނަށް އަންގަވާފައެވެ.
މެންބަރުންގެ ނަންފުޅު އިއްވެވުމުންވެސް ނަންފުޅު އިއްވެވި ބޭފުޅުން މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިނުގެން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވައި އިޙުތިޖާޖުކުރައްވަމުންގެންދެވިއެވެ. އަދި ރައީސްގެ ވާހަކަފުޅު ކުރިއަށްނުގެންދެވި އަޑުގަދަވުމާއެކު މަޖިލީހުގެ ރައީސްވަނީ އެ މެންބަރުން ތަޅުން ދޫކުރައްވައި ބޭރަށް ނުކުމަވަޑައިގަންނަވަންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑައިލައްވާފައެވެ.
ދެން މަޖިލީހުގެ ޖަލްސާ އަލުން ފައްޓަވާނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރައްވަމުންގެންދެވި ހުރިހާ މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުންކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން އިޙުތިޖާޖުކުރެއްވިއިރު މަޖިލީހުގެ ބޭރުގައި އެމްޑީޕީއަށް ތާއީދުކުރާ ސިޔާސީ ޙަރަކާތްތެރިން އަންނަނީ ރައީސާއި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ.