ENGLISH
22 އޭޕްރީލު 2025
ރިޔާސީ ބަޔާން އިއްވަވާ ވަގުތާ ދިމާކޮށް މަޖިލީސް އިދާރާ ހިމެނޭ ބޮޑު ސަރަހައްދެއް ބަންދު ކޮށްފި
06 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މިއަދު އިއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާނާ ގުޅިގެން މަޖިލީސް އިދާރާ ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފިއެވެ.
ރިޔާސީ ބަޔާން އިއްވާ ވަގުތާއި ދިމާކޮށް ބައެއް މަގުތައް ބަންދު ކުރަން ނިންމައި އެ މަގުތަކުގެ ތަފްސީލްތައް ފުލުހުން ރޭ ވަނީ އާންމުކޮށްފައެވެ.
ފުލުހުން "އެކްސް" ގައި އާންމުކުރި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅިގެން މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވަވާވަގުތު ރައްޔިތުންގެ މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލު --- ފުލުހުން
ރައްޔިތުން މަޖިލީސް ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުކުރަން ނިންމާފައިވަނީ މިއަދު ހެނދުނު 07:00 އިން ޖަލްސާ ނިމެންދެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ބާއްވާ މި ޖަލްސާގައި، ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވަފައި ތިއްބާ ސަފީރުންނާއި، އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިޔާ މަޖިލިސް ކުރާ ގެއަށް ވަޑަައިގަތުމުން މަރުހަބާ ދަންނަވާނީ، މަޖިލީހުގެ ރައީސްވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް ވެސް އަރުވާނެއެވެ.