ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގައި އީ-ސިގިރޭޓް އަދި ވޭޕް މަނާކުރުމުން، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ރައީސްގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވައިފި

05 ފެބްރުއަރީ 2025

|

ހަސަން އާމިރު

ރާއްޖޭގައި އީ-ސިގިރޭޓް އަދި ވޭޕް މަނާކުރުމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޮސް، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް މިކަމަށް ތަޢުރީފުކުރެއްވީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިއަދު ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރހީމްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖެއިން ދުންފަތުގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ދުންފަތުން ރައްކާތެރިވުމަށް އެކަމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށްވެސް އެއްބާރުލުން ދެއްވާނެކަން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިކަން ދެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ޓެލެމެޑިސިން ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާގެ އިތުރުން އިމަރޖެންސީ މެޑިކަލްގެ ޚިދުމަތް ހަރުދަނާކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުރިއަލާ ބަލިން ރައްކާތެރިވުމަށް ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުންވެސް މަޝަވަރާކުރެވުނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު