ENGLISH

22 އޭޕްރީލު 2025

Advertisement

މިދިޔަ އަހަރުގެ ފަހު ކުއާޓާރގައި އާސަންދަ އިން ބަލި މީހުންނަށް 817 މިލިއަން ރުފިޔާ ޚަރަދުކޮށްފި

05 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

މިދިޔަ އަހަރުގެ ފަހު ކުއާޓާރގައި އާސަންދަ ސްކީމްގެ ދަށުން ބަލި މީހުންނަށް 817 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

އާސަންދައިން ޝާއިޢުކޮށްފައިވާ އާސަންދަ ސްކީމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ބަލި މީހުންނަށް 817 ރުފިޔާ ޚަރަދުކޮށްފައިވާ އިރު، 2023 ވަނަ އަހަރު އާސަންދައިން ބަލި މީހުންނަށް ހޭދަކޮށްފައިވަނީ 854 މިލިއަން ރުފިޔާއެވެ. ފާއިތުވެ ދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދާފައި ވަނީ 278،330 މީހުންނެވެ. އަދި 2023 ވަނަ އަހަރު 279،851 މީހުން އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާފައިވެ އެވެ.

ފާއިތުވެ ދިޔަ އަހަރު އާސަންދަ ސްކީމުގެ ދަށުން 1،393 ފަހަރަށް ބަލި މީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ޖުމްލަ 2،327 ބަލި މީހުންނަށް، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން އެހީވެދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު