ENGLISH

22 އޭޕްރީލު 2025

Advertisement

މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅަނީ

05 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި މިސްކިތުގައި ޤުރުއާނުގެ ޢިލްމު އުންގަންނަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީއެއް ހިމެނޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި މިސްކިތުގެ މަސައްކަތް ފެށޭނީ ރަމަޟާން މަހަށް ފަހު އެވެ.

ރަމަޟާން މަހާ ދިމާކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންދަވަނީ މިސްކިތްތައް މަރާމާތުކުުރުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު