ENGLISH
22 އޭޕްރީލު 2025
މަޝްޢަރު ގްރޫޕްގެ ވެރިޔާގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިފި
05 ފެބްރުއަރީ 2025
|
މަޝްޢަރު ޓުއާސްގެ ވެރިޔާ، އަލީ ފާރިޝް
އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގައި ޚިޔާނަތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަޝްޢަރު ޓުއާސްގެ ވެރިޔާގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިފިއެވެ.
މަޝްޢަރު ޓުއާސްގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން، ކްރިމިނަލް ކޯޓަށް މިއަދު ވަނީ ފޮނުވާފައެވެ. މަޝްޢަރު ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުން އަންނަ ޢަލް- މަޝްޢަރު ޙައްޖު ގްރޫޕަކީ ޓްރެވެލް އޭޖެންސީއެކެވެ.
އަލް މަޝްޢަރު ޓުއާސްއިން އުމްރާއަށް މީހުން ފޮނުވާނެ ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވުމުން، މި މައްސަލަ ވަނީ މިދިޔަ އަހަރު ފެންމަތިވެފައެވެ. މި މައްސަލާގައި ފުލުހުންގެ ތަހުޤީޤު ނިންމައި، މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.
މި މައްސަލައިގައި ދައުލަތުން ޢަލީ ފާރިޝްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެކުމުގެ ކުށުގެ ދައުވާ އާއި ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ. ޢަލީ ފާރިޝްގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ވަނީ ޢުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ ނަގައި އެ މީހުން އުމްރާ އަށް ނުގެންގޮސް މަކަރާއި ހީލަތް ހަދައިފައެވެ. އަދި އަނެއް ބައި މީހުން ޢުމްރާއަށް ގެންދިއުމަށްފަހު އަޅާނުލައި ހާލުގައި ޖައްސާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އޭނާގެ މައްޗަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުކުރެވޭ ފައިސާގެ ޢަދަދު ތިންލައްކަ ނުވަދިހަ އެއްހާސް ހަތް ދިހަ ދެ ރުފިޔާ އަދި އަށްހާސް އެއް ސަތޭކަ އެމެރިކާ ޑޮލަރަށް އަރައެވެ.