ENGLISH
22 އޭޕްރީލު 2025
އޭޝިޔާ-ޕެސިފިކް ރީޖަނަލް ރިވިއުގައި ޑރ. އަބްދުﷲ ނަޒީރު ތަޤްރީރު ކުރައްވައިފި
05 ފެބްރުއަރީ 2025
|
ދެވަނަ އޭޝިޔާ-ޕެސިފިކް ރީޖަނަލް ރިވިއުގައި ދިވެހި ރާއްޖެ ތަމްސީލުކުރައްވައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ތަޤްރީރު ކުރައްވައިފިއެވެ.
ޑރ. ނަޒީރުގެ ތަޤްރީރުގައި ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި މުޖުތަމަޢު އަށް ބިދޭސީން ކޮށްދޭ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައިފައެވެ. އަދި ރައްކާތެރި، ހަރުދަނާ އަދި ޤަވާޢިދުން ހިންގޭ މައިގްރޭޝަންގެ ނިޒާމަކަށް ދިވެހި ރާއްޖެ ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ސަރަޙައްދުގެ މެމްބަރު ޤައުމުތަކުން ބައިވެރިވެ، މައިގްރޭޝަން އާއި ގުޅޭ ސިޔާސަތުތައް މަޝްވަރާކޮށް، އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް މަޝްވަރާ ކުރެވުނެވެ.
މިބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ރެޖިސްޓަރ އޮފް ޔުނިއަންސް، އައިމިނަތި ޝާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.