ENGLISH
18 އޭޕްރީލު 2025
މަކުނުދޫގައި ހެދި ފަތާ ޓްރެކުގެ މަސައްކަތް ނިންމާލައިފި
05 ފެބްރުއަރީ 2025
|
މަކުނުދޫގައި ޤާއިމުކޮށްފައިވާ ފަތާ ޓްރެކު. --ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ހދ. މަކުނުދޫގައި ހެދި ފްލޯޓިންގ ސްވިމިންގ ޓްރެކުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މަކުނުދޫގައި ތައްޔާރުކުރި ފަތާ ޓްރެކުގެ ސަބަބުން މުބާރާތްތައް ބޭއްވުމުގައި ލުއިފަސޭހަތައް ލިބި، ފެތުންތެރިންނާއި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމާ އެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.
މި ފަތާ ޓްރެކުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސްވިމިންގ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރެއިން، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުއާޓިކް ސްޕޯޓްސް ފެސިލިޓީތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަކުރެވިގެންދިޔަ މުހިއްމު މަޝްރޫޢެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކު ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ކުރިއަށްގެންދަނީ ސްވިމިންގ އެސޯސިއޭޝަންއާ ގުޅިގެންނެވެ.