ENGLISH
22 އޭޕްރީލު 2025
އިނގިރޭސި އާ ސަފީރުގެ ފުރަތަމަ ބަސްކޮޅު ދިވެހި ބަހުން
05 ފެބްރުއަރީ 2025
|
އިނގިރޭސިވިލާތުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެންމެންގެ ސަމާލުކަން ހޯދާ ދިވެހި ބަހުން އޭނާ އަމިއްލައަށް ތަޢާރަފްވެވަޑައިގެންފައެވެ.
މީގެ އިތުރުން ނިކޮލަސް ވިދާޅުވީ، ސަފީރުކަމުގައި އޭނާ ހުންނަވާ ހަތަރު ވަރަކަށް އަހަރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ ރައްޔިތަކާ ވެސް ބައްދަލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި، ދުނިޔެ މިއަދު އޮތީ ވަރަށް ގިނަ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި، އެހެންނަމަވެސް ދެ ގައުމު ގުޅިގެން ދެ ގައުމުގެ މަންފާއަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއާއެކު އޭނާ ވަނީ ދެ ގައުމު ގުޅިގެން މޫސުމީ ބަދަލުތައް ހުއްޓުވުމަށާއި ތިމާވެށި ރައްކާތެރިކުރަން ވެސް މަސަތްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
ނިކޮލަސް ޑޭވިޑް ލޯ ވަނީ އިއްޔެ ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅިގެން ސަފީރު ވިދާޅުވީ، ވަރަށް އުންމީދީ އަދި ބިނާކުރަނިވި ވާހަކަތަފުޅުތަކެއް ރައީސް ދެއްކެވި ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.