ENGLISH
18 އޭޕްރީލު 2025
ގެޓަފޭ އަތުން ހޯދި ބޮޑު މޮޅާއެކު އެތުލެޓިކޯ، ކޮޕަ ޑެލް ރޭގެ ސެމީ އަށް
05 ފެބްރުއަރީ 2025
|
އެތުލެޓިކޯ އަށް ލަނޑު ޖަހައިދިނުމަށްފަހު ޖިއުލިއާނޯ ސިމިއޯނީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ކޮޕަ ޑެލް ރޭ ގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު މެޗުގައި ގެޓަފޭ 0-5 އިން ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ކޯޗު، ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީ އެވެ.
އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ސަމޫ ލީނޯ، އެންހެލް ކޮރިއާ އާއި އެލެގްޒެންޑާ ސޯލޯތު އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖިއުލިއާނޯ ބުނީ، މިރޭ އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށާއި މިއީ ޤަބޫލުކުރަންވެސް ދަތިވާ ވަރުގެ ކަމެއް ކަމަށެވެ.
ޖިއުލިއާނޯ ވަނީ، މެޗު ކާމިޔާބުކުރުމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެކަމަށްޓަކައި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.
މިއީ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގައި އެތުލެޓިކޯ އިން ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. އެ ޓީމަށް ދެން އެންމެ އަވަހަށް އޮތީ ލީގުގައި އަންނަ ހޮނިހިރު ދުވަހު، ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ 'މެޑްރިޑް ޑާބީ' އެވެ.