ENGLISH
18 އޭޕްރީލު 2025
ލެ މަންސް ބަލިކޮށް، ޕީއެސްޖީ ކުއާޓާ އަށް
05 ފެބްރުއަރީ 2025
|
ޕީއެސްޖީ އަށް ލަނޑު ޖަހައިދިނުމަށް ފަހު ބާކޯލާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ފްރެންޗް ކަޕްގައި ރޭ ކުޅުނު މެޗުގައި ލެ މަންސް 2-0 އިން ބަލިކޮށް، ޕީއެސްޖީން އެ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނުކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނިގެން ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެތެރެއިން، އަޝްރަފް ހަކީމީ، ބްރެޑްލީ ބާކޯލާ އާއި ވިޓީނިއާގެ އިތުރުން ނޫނޯ މެންޑޭސް ކުޅެން ނުކުތީ ފަހު ހާފުގައެވެ.
ލެ މަންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފައެވެ.
މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ޑެޒައިރީ ޑުއޭ އާއި ބްރެޑްލީ ބާކޯލާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓްރޯޔޭސް އަތުން ބްރެސްޓް މޮޅުވީ 1-2 އިންނެވެ.
ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޑަންކާކޭ ވަނީ ޕެނަލްޓީ ޖަހައިގެން ލިއްލެ ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ޑަންކާކޭ ކުރި ހޯދީ 5-4 އިންނެވެ.