ENGLISH

22 އޭޕްރީލު 2025

Advertisement

ރޯދައަށް ގޭތެރެ ސާފުކުރުމަށް ފަހު، މަގުމައްޗަށް ކުނި ނާޅަން އިލްތިމާސްކުރައްވައިފި

05 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މި އަހަރު ރަމަޟާން މަހާ ގުޅިގެން، ގޭތެރެ ސާފުކުރުމަށް ފަހު މަގު މައްޗަށް ކުނި ނޭޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. 

އީޕީއޭއިން އެކްސް އަށް ކުރި ޢިއުލާނެއްގައި ނަސޭހަތްތެރިވެފައި ވަނީ، ރަމަޟާން މަހުގެ ކުރިން ގޭތެރެ ސާފުކުރުމަށް ފަހު ކުނި ނައްތާލުމަށް ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށެވެ. އަދި ރަނގަޅަށް ކުނި ނައްތާލުމުން މަގުތައް ސާފުވެ، އެންމެންނަށް ދުޅަހެޔޮ މާހައުލެއް ލިބިގެންދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. 

މި ފަހަކަށް އައިސް ގޭބީސީތަކުންނާއި ފިހާރަތަކުން ވެސް ގިނަ އަދަދެއްގެ ކުނި މަގުމައްޗަށް ނެރެފައި ހުންނަކަން އީޕީއޭއިން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން މަގުތައް ނުސާފުވެ މަގުގައި ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

މީގެ އިތުރުން ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑުވެ، މިކަމުގެ ސަބަބުނެ ސިއްޙީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހިދާނެ ކަމެއްކަމުގައި މިކަން ވާތީ އީޕީއޭއިން ވަނީ މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އިލްތިމާސްކުރައްވާފައެވެ. 

ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް އެއްވެސް މީހަކު ކުނި ގެންގުޅުން ނުވަތަ ނައްތާލުމުގެ ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށާއި އެހެންވެ، އެ ޤާނޫނާ އެއްގޮތަށް ހުރިހާ އެންމެން ވެސް މަގުމައްޗަށް ކުނި އުކައިލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބާއްވަން އީޕީއޭން ވަނީ ވިދާޅުވެފައެވެ.

ރޯދަ މަހާއި ދިމާކޮށް އާންމުކޮށް މާލޭގެ މަގުތައް ކުނިން ފުރާލައި ގޮނޑުކޮށްލައެވެ. މިދިޔަ އަހަރު ރޯދަ މުހަގައި ވެސް ވަނީ މިފަދަ މައްސަަތަކެއް ކުރިމަތިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު