ENGLISH

22 އޭޕްރީލު 2025

Advertisement

ފ. މަގޫދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

05 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ފ. މަގޫދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ނިމުމާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތާއި، ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

މީގެ އިތުރުން ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ނިމިފަވާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ. 

މި އެއަރޕޯޓަކީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. ފުރަތަމަ 1،200 މީޓަރުގެ ރަންވޭއެއް އަޅަން ނިންމާފައިވީ ނަމަވެސް، މިހާރު އެޅުމަށް ހަމަޖެހިފައިވަނީ 1،800 މީޓަރުގެ ރަންވޭއެކެވެ. 

މަގޫދޫ އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • 81،443 އަކަ މީޓަރުގެ އޭޕްރަންއެއް ހެދުން
  • 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުން
  • 895 އަކަ މީޓަރުގެ ފަޔަރ ޕެޑެއް ހެދުން
  • 3,059 އަކަ މީޓަރުގެ އެއަރޕޯޓް ރޯޑް ހެދުން
  • 1,185 އަކަ މީޓަރުގެ ސަރވިސް ރޯޑް ހެދުން
  • ޓާރމިނަލް ބިލްޑިންގ ޤާއިމުކުރުން
  • ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް ހެދުން
  • އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުން
  • ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުން
  • ފެންސިންގ ޖެހުމާއި، ޕެރިމީޓަރ ލައިޓިންގ ޖެހުން
  •  އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުން
  • ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުން
  • ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ޤާއިމުކުރުން
  • މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުން

މިއީ 264.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢެކެވެ. އަދި ސަރުކާރުން ވަނީ ފ. އަތޮޅު ނިލަންދޫގައި ވެސް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު