ENGLISH
22 އޭޕްރީލު 2025
ލ. މާބައިދޫ ކައުންސިލްގެ މެމްބަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
04 ފެބްރުއަރީ 2025
|
ކުއްލި ގޮތަކަށް ނިޔާވި މާބައިދޫ ކައުންސިލް މެމްބަރު ޒަރީރު.
ލ. މާބައިދޫ ކައުންސިލް މެމްބަރު ޙަސަން ޒަރީރު މިއަދު ހަވީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
"އެމްއެމް ޓީވީ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރު ނިޔާވީ މިއަދު ހަވީރު އާއިލާއާއެކު އުޅުއްވަނިކޮށް މެއަށް ތަދެއް އަރައިގެން ވެއްޓި، ލ. ގަން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
އާއިލީ ބައެއް މެމްބަރުންނާ އެކު ޖޯއްޔެއްގައި އިންނެވި ވަގުތު، ޒަރީރުގެ މެއަށް ތަދެއް އަރައިގެން ބިންމައްޗަށް ވެއްޓުމާއެކު މާބައިދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ނިޔާވީ ޞިއްޙީ މަރުކަޒުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ރިފަރކޮށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޒަރީރަކީ މާބައިދޫ ކައުންސިލްގައި ޕީއެންސީ ތަމްސީލުކުރެއްވި މެމްބަރެކެވެ. އުމުރުން 58 އަހަރުގައި ޒަރީރު ނިޔާވިއިރު، އޭނާގެ 6 ދަރިން ތިބެއެވެ.