ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންގެ މަޝްވަރާތައް ބާއްވައިފި

04 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭނާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ދިވެހި ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްޞާކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ.

ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުޢާޙަދާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ ޕެރިސް އެގްރީމަންޓުގެ ދަށުން ކޮންމެ ޤައުމަކުން ވެސް، ފަސް އަހަރަކުން އެއްއަހަރު ހުށަހަޅަންޖެހޭ ޕްލޭނެކެވެ.  

ވޯކްޝޮޕްގައި، ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް އާ ލަނޑު ދަނޑިތަކެއް ކަނޑައަޅައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށާއި، ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސްޓްރެޓެޖީތަކެއް ވަނީ އެކުލަވާލާފައެވެ.

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ފަރާތްތައް

ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ، ޕްލޭން އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާނެކަމަށާއި، އަދި ނޭޝަނަލް އަދި ސަބް ނޭޝަނަލް އެމްބިޝަންތަކާއި އަމާޒުތައް ދެނެގަތުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯކްޝޮޕްތައް ބާއްވަވާފައިވާނެ ކަމަށެވެ. ރާއްޖެއަކީ ވިހަ ގޭސް ޖައްވަށް ބޭރުކުރާ މިންވަރު ކުޑަ ޤައުމެއް ނަމަވެސް، އެކުލަވާލި އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ އުއްމީދީ ލަނޑުދަނޑިތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕްލޭންގައި ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތައް ހިމެނޭ ކަމަށެވެ.  

މަޝްވަރާ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މުހިއްމު ކްރޮސް ކަޓިންގ ދާއިރާތަކާ ބެހޭގޮތުން ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި، ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓް އެމްޕަވަރމަންޓް، ޖެންޑާ، ޗިލްޑްރަން އެންޑް ޔޫތު އަދި ކްލައިމެޓް އެޑްވޮކެސީ އަދި އެޑިއުކޭޝަން އެންޑް އެވެއާނެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު