ENGLISH

22 އޭޕްރީލު 2025

Advertisement

އެއްވެސް މީހަކަށް ނޭނގި ޕާޓީއަކަށް ދެން ނުވެއްދޭނެ: އީސީ

04 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

އިންތިޙާބާ ބެހޭ އިދާރާ

އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވާ ނިޒާމު ހަމަޖެހުމުން އެއްވެސް މީހަކަށް ނޭނގި ޕާޓީއަކަށް ނުވެއްދޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިފަހުން އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ޑިޖިޓަލް އައިޑީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހެދުމަށް ނިންމާފައެވެ. މި ބަދަލު ގެނައުމަށް ނިންމީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަތައް ފެންމަތިވުމުގެ ސަބަބުންނެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ ކަރުދާސް ފޯމެއް ފުރައިގެން ޕާޓީތަކަށް މީހުން ވެއްދޭގޮތަށް އޮތުމުގެ ސަބަބުން މީހާއަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އޭގެ ބަދަލުގައި ޑިޖިޓަލް އައިޑީ ނުވަތަ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަދެވޭގޮތް ހެދުމުން، ކޮންމެ މީހަކަށް ވެސް ޕާޓީއަކަށް ވަދެވޭނީ އެ މީހަކު އަމިއްލައަށް ވެރިފައިޑް އެކައުންޓަކުން ފުރާ ފޯމަކުން ކަމަށެވެ. މިއާއެކު އެކަކު އެތައް ޕާޓީއެއްގައި އޮންނަ އޮތުން ވެސް ނިމުމަކަށް އަންނާނެ ކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ހަސަން ވިދާޅުވީ މި މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށްދަނީ އެ ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު