ENGLISH

06 އޭޕްރީލު 2025

Advertisement

ޣައްޒާގެ ބަލި މީހުން ފަރުވާއަށް ޖަޕާނަށް ގެންދަން ހުށަހެޅުމެއް

04 ފެބްރުއަރީ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ތިބި ބަލި މީހުން ބޭސްފަރުވާއަށް ޖަޕާނަށް ގެންދަން ވިސްނުން ގެންގުޅުއްވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝިގޭރޫ އިޝީބާ ވިދާޅުވެއްޖެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މިހާރުން މިހާރަށް ޣައްޒާއިން ބޭރުު ކުރުމަށް ތައްޔާރީ ޙާލަތުގައި 6,000 ބަލި މީހުން ތިބި ކަމަށެވެ. އަދި ކޮންމެހެން ބޭސް ފަރުވާ ބޭނުންވާ 12,000 މީހުން ތިބި ކަމަށެވެ.

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އިޝީބާ ވިދާޅުވި ގޮތުގައި، ޣައްޒާގައި ތިބި ބަލި މީހުންނާ އެކި ޒަޚަމްތައް ލިބިފައިވާ މީހުން ބޭސްފަރުވާއަށް ޖަޕާނަށް ގެނެވޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޭސްފަރުވާގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ތަޢުލީމުގެ ފުރުޞަތުތައް ވެސް ފޯރުކޮށްދެވިދާނެ ކަމަށް ވެސް އިޝީބާ ވިދާޅުވިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޙަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މި މަހުގެ 1 ވަނަ ދުވަހު 50 ބަލި މީހުންނާއި 61 އެހީތެރިން ރަފަޙް މެދުވެރިކޮށް މިޞްރަށް އެތެރެކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން ގިނަ މީހުންނަކީ ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ތިބި ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ކަމަށެވެ. އޭގެތެރޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ތަންފީޒުކުރަން ފެށި އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 400 ރައްޔިތުންނަށް ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު