ENGLISH

22 އޭޕްރީލު 2025

Advertisement

އިނގިރޭސިވިލާތާއެކު ގުޅުން ބަދަހިކުރުމާމެދު އެ ޤައުމުގެ އައު ސަފީރާއެކު ރައީސް މަޝްވަރާކުރައްވައިފި

04 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާމެދު އެ ޤައުމުން ރާއްޖެއަށް ކަަނޑައަޅާފައި ހުންނަވާ އައު ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުވުން އޮތީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައު ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ، އޭނާގެ މަޤާމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތަށްފަހުއެވެ. 

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަކަމށް ރައީސް އޮފީހުން ވިދާޅުވިއެވެ.  

އެ އޮފީހުން ވިދާޅުވި ގޮތުގައި ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އެރުވުމުން އެމަނިކުފާނުވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ. 

އިނގިރޭސިވިލާތުގެ އައު ސަފީރު ވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ޚާއްޞަގޮތެއްގައި މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެކަމުގެ ސަބަބުން ދިމާވާ ޙާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު