ENGLISH

22 އޭޕްރީލު 2025

Advertisement

މާލޭގެ ކެފޭއެއްތެރޭގައި ބިދޭސީންތަކެއް މާރާމާރިއެއް ހިންގައިފި

04 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ވިޮދާޅުވީ، މާވެޔޮ މަގުގައި ހުންނަ ކެފޭއެއް ތެރޭ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:10 ހާއިރުކަމަށެވެ. މި މާރާމާރީ ހިންގީ ކޮން ޤައއުމެއްގެ ބައެއްކަން ފުލުހުން ހާމަނުކުރައްވައެވެ. 

މި މާރާމާރީ ހިންގި ތަނުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑީއޯ އިން ފެންނަ ގޮތުގައި މާރާމާރީގެ ސަބަބުން ބިދޭސީ ފިރިހެނަކަށް ވަރަށް ބޮޑަށް ހާނީއްކަވެފައިވެއެވެ. 

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އަނިޔާވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު