ENGLISH

22 އޭޕްރީލު 2025

Advertisement

ފުލުހުންގެ ޚިދުމަތާއި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

04 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފުލުހުން ބައިވެރިވެ ލޭ ހަދިޔާ ކޮށްފައިވެއެވެ. މިފަދަ ޕްރޮގްރާމުތަކަކީ ފުލުހުންގެ ހިދުމަތުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއްކަމަށް އެހިދުމަތުން ވިދާޅުވެއެވެ. 

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލިސީމިޔާ ބަލިމީހުން އެންމެ ގިނަ އެއް ޤައުމުކަމަށްވާއިރު ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ އެކި ޕްރޮގުރާމުތައް އަންނަނީ ބާއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު