ENGLISH
22 އޭޕްރީލު 2025
މެނީލާ ދަތުރުގައި ކައުންސިލުތަކުގެ ނިންމުންތަކުގައި ރައްޔިތުން ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ބަލާނަން: އާދަމް ޝަރީފު
04 ފެބްރުއަރީ 2025
|
ފިިލިޕީންސްގެ ވެރިރަށް މެނީލާއަށް ކުރައްވާ ދަތުރުފުޅުއި އެންމެ ބޮޑު ފޯކަސްއެއް ދޭން ގަސްތުކުރަނީ ރާއްޖޭގެ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މެނީލާއަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ވަޒީރުގެ މި ދަތުރުފުޅަކީ ޔޫއެންޑީޕީގެ ހާއްސަ އެހީތެރިކަމާއެކު ކުރަށްވާ ދަތުރުފުޅެއް ކަމަށާއި އަދި މިއީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ވަޒީރު އާދަމް ޝާރީފުގެ މި ދަތުރުފުޅުގައި ލޯކަލް ގަވަމަންޓް ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރު މުހައްދު މާހިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.