ENGLISH
22 އޭޕްރީލު 2025
ހައިވޭގައި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވުން: ފުލުހުން ތަހުޤީޤަށް މީހަކާ ސުވާލުކޮށްފި
04 ފެބްރުއަރީ 2025
|
މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި ނިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް ކަމަށާއި އެ މީހާއާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެކްސިޑެންޓްގައި ނިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މިހާގެ ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ، ހައިވޭގެ ވާތް ފަރާތުގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ކޯންތަކެއްގައި ސައިކަލެއް ޖެހިގެންނެވެ. އަދި އެ ސައިކަލު ދުއްވަން އެ ވަގުތު އިނީ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށާއި، އޭނާ ނިޔާވެފައި ވަނީ، އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.